Jump to content

ސްޕައިނަލް ކޯޑް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނާރު ރޮނދި، ނުވަތަ ނާރު ވާފަށް ނުވަތަ (އިނގިރޭސި ބަހުން: spinal cord) އިންނަނީ މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގުގެ ތެރޭގައެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރިންނެވެ. އެހެންކަމުން ބޮލުގެ ނާށިގަނޑު ސިކުނޑި ހިމާޔަތްކޮށްދޭ އައްޑަނަ އަކަށް ވާފަދައިން މައިބަދައިގެ ކަށިތަކަކީ ސްޕައިނަލް ކޯޑް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ. ސްޕައިނަލް ކޯޑްގެ މައި ވަޒީފާ އަކީ ޕެރިފެރަލް ނާރވަސް ސިސްޓަމް ސިކުނޑިއަށް ފޮނުވާ ސިގްނަލްތައް ސިކުނޑިއާއި ހަމައަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ.

ސްޕައިނަލް ކޯޑް (އިނގިރޭސި ބަހުން: spinal cord) އަކީ ބަދަތަކުގެ ތެރޭގައި އުފެދިފައިވާ މަގަކުން ދަތުރުކުރާ ނާރުތަކުގެ ބޮޑިއެކެވެ. މިނާރުތައް ރައްކާތެރި ކުރުމަކީ މިދެންނެވުނު ބަދަތަކުގެ އެއް މަސައްކަތެވެ. ކޮންމެ ދެބަދައެއްގެ ދޭތެރެއިން ސްޕައިނަލް ކޯޑް އާއި ގުޅިފައިވާ ނާރުތަކުގެ ޖޯޑެއް ދެފަރާތުން ނިކުމެއެވެ. މިނާރުތަކަކީ އެހިސާބުން ފެށިގެން ތިރިއަށް ހުންނަ ބައިތަކަށް ސަޕްލައިކުރާ، އަދި އިހްސާސްތައް ސިކުނޑި އަށް ގެންގޮސްދީ، ސިކުނޑިން ފޮނުވާ އަމުރުތައް، އެހިސާބުގެ މަސްތަކަށް ގެނެސްދޭ ނާރުތަކެކެވެ. ބަދަތަކުގެ މައްސަލަ ތަކުގައި މިނާރުތަކަށް އަނިޔާވުމުން އުނަގަނޑާއި، ފައިގައި ރިއްސާގޮތް ވެއެވެ.

ސެންސަރީ އޯގަނައިޒޭޝަން

[އުނިއިތުރު ގެންނަވާ]

މޮޓޯ އޯގަނައިޒޭޝަން

[އުނިއިތުރު ގެންނަވާ]

ސްޕައިނޯ ސެރެބިލާ ޓްރެކްޓްތައް

[އުނިއިތުރު ގެންނަވާ]

އަނިޔާ ލިބުން

[އުނިއިތުރު ގެންނަވާ]

އިތުރު ފޮޓޯތައް

[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]